ޑރ. އަބްދުﷲ މައުސޫމް

މިނިސްޓަރު މައުސޫމު އެމްޑީޕީއަށް ސޮއިކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު އެމްޑީޕީއަށް މިރޭ ސޮއި ކުރައްވައިފި އެވެ.

ޑރ. މައުސޫމުގެ މެންބަޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ޑރ. މައުސޫމު ޓޫރިޒަމް މިނސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވީ ޖޭޕީގެ ކުރީގެ ރައީސް އަލީ ވަހީދު މަގާމުން ވަކިކުރެއްވުމާ ގުޅިގެން ޖޭޕީގެ ސްލޮޓެއްގެ ގޮތުގަ އެވެ.

ޖުމްހޫރީ ޕާޓީގައި ނުވަ އަހަރު މަސައްކަތް ކުރެއްވުމަށްފަހު މިނިސްޓަރު މައުސޫމް ޖޭޕީން ވަކިވެވަޑައިގަތީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.

ޑީއާރްޕީގައި ހުންނެވުމަށްފަހު ޑރ. މައުސޫމް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވީ މެއި 5، 2014 ގައެވެ.

ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބް ރައީސް ޑރ. މައުސޫމް އެ ޕާޓީން ވަކިވެވަޑައިގަތީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބަށް ނިކުންނަވާނެ ކަަމަށް ވިދާޅުވުމާ ގުޅިގެން ޕާޓީގެ ކަންކަމުގައި ދުރުގައި ހުންނަވާތާ އެތައް މަހެއް ފަހުންނެވެ.