ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގާސިމާ ބައްދަލުކުރެއްވުމަށް ރައީސް ސަން އައިލެންޑަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ގާސިމު އިބްރާހީމް މީގެ ކުރިން ބޭއްވެވި ބައްދަލުކުރެއްވުމެއް -- ފޮޓޯ: ޖޭޕީ
0%
0%
0%

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމާ މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ސަން އައިލެންޑް ރިސޯޓަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުން ރައީސް ސަން އައިލެންޑަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 1:00 ގައި ސަން އައިލެންޑް ރިސޯޓުގަ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާއިރު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގާސިމު މިހާތަނަށް ގޮތެއް ނުނިންމަވަ އެވެ.

ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ރައީސް ސޯލިހު މިއަދު ގާސިމު އިބްރާހީމާ ބައްދަލުކުރައްވާއިރު ޕީޕީއެމް-ޕީއެންސީގެ އިސް ވަފުދެއް ރޭ ވަނީ ސަން އައިލެންޑްގައި ބައްދަލުކުރައްވާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމް ވާދަކުރައްވައިގެން ލިބިވަޑައިގަތީ 5،460 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމަށް ނިންމާނެ ބަޔަކު ކަނޑައެޅުމަށް މިއަދު ބާއްވަން އޮތް އެ ޕާޓީގެ ކައުންސިލް ބައްދަލުވުން މިހާރު ވަނީ އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910