ދުނިޔެ

އީރާން ޑްރޯންތަކަށް ޔޫރަޕް ގައުމުތަކުން ޝައުގުވެރިވޭ: އީރާން

އީރާންގައި އުފައްދާ އަސްކަރީ ދަރަޖައިގެ ޑްރޯންތަކަށް ޔޫރަޕްގެ ބައެއް ގައުމުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އީރާންގެ ދިފާއީ ވުޒާރާގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ރިޟާ ތަލާއީ ނީކް ވިދާޅުވެއްޖެ އެވެ.

ބްރިގޭޑިއާ ޖެނެރަލް ރިޟާ ތަލާއީ ނީކް ވިދާޅުވި ގޮތުގައި މަޝްވަރާތައް އަދި ހުރީ އެއީ ކޮން ގައުމެއްކަން ހާމަކުރެވޭ ހިސާބުގައެއް ނޫނެވެ.

ޔޫރަޕްގެ ގައުމުތަކަށް އެމެރިކާގެ ނުފޫޒު އޮތް ވަރުން، އީރާންއާ އެކު ވިޔަފާރިކުރުމަކި ފަސޭހަކަމެއް ނޫން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

މިހެން ކަން އޮތުމުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ގައުމުތަކުން ވެސް ބޭނުންވަނީ ސިއްރިޔާތުގައި ވިޔަފާރި މުއާމަލާތްތައް ޚަލާސްކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވި އެ ގައުމަކުން އެދޭ ފެންވަރުގައި އީރާނުން މިހާރު ޑްރޯން އުފައްދާނެ ކަމަށާއި، ބޭރުގެ ގައުމުތަކާ އެކު ވިޔަފާރީ ފުޅާކުރަން އީރާން ވެސް ޝައުގުވެރިވާ ކަމަށެވެ.

އެމެރިކާ އާއި ވާގިވެރިން އީރާންށް ދަތިކުރިން އަޅާފައި ހުރި އިގުތިސާދީ ފިޔަވަޅުތައް އެ ހުރި ގޮތަށް ހުއްޓައި އީރާނުން ވަނީ ޑްރޯން ސިނާއަތު ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭން ހަނގުރާމާގައި -- އީރާންގެ ޑްރޯންތައް ރަޝިއާއިން ބޭނުންކުރެ އެވެ. އަދި ހަނގުރާމައިގެ މައިދާނުގައި މި ޑްރޯންތައް ވަރަށް ކުޅަދާނަ ކަމަަށް އަސްކަރީ ޖެނެރަލުން ބުނެ އެވެ.

އީރާނުން މިދާކަށް ދުވަހު ވެސް ވަނީ މުޖާހިދު-10 މަރުކާގެ ޑްރޯންތަކެއް -- އީރާން ޑްރޯންތަކުގައި ކުރިން ނެތް ވަރުގެ ކުޅަދާނަ ކަމާއި ގާބިލުކަމާ އެކު އުފައްދާފަ އެވެ. އަދި އަޖުމަ ބެލުމުގެ ގޮތުން އެކުވެރި ގައުމަތަކާ އެކު މައުލޫމާތު ވަނީ ބަދަލުކޮށްފަ އެވެ.

އީރާންގެ ނޫސްތަކުން ބުނާ ގޮތުން މުހާޖިރު-10 މަރުކާގެ ޑްރޯންތައް ވައިގެ ތެރޭގައި 24 ގަޑިއިރު އޮތުމަށް ކުޅަދާނަ އެވެ. މި ޑްރޯންތައް ހަތް ކިލޯމީޓަރު އުހުގައި އަދި 300 ކިލޯގްރާމް އުފުލުމަށް ވެސް ކުޅަދާނަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔޫރަޕްގެ ގައުމަކުން އީރާންގެ ޑްރޯނެއް ގަނެފި ނަމަ އެމެރިކާއިން ފިޔަވަޅު އަޅާނެ އެވެ. އަދި އީރާނަށް ދަތިކުރުންތައް ފުޅާކުރުމުގެ އިތުރުން ޔުރަޕްގެ އެ ގައުމަކަށް ވެސް އެމެރިކާއިން ފިޔަވަޅު އަޅާނެ އެވެ.