ދުނިޔެ

އީރާންގައި މަޖިލިސް އިންތިހާބުގައި ވޯޓުލަނީ

އީރާންގައި ގާނޫނު ހަދާ މަޖިލީހަށް މެމްބަރު ހޮވުމަށް ބާއްވާ އިންތިހބު ކުރިއަށްދާ ކަމަށް ދާހިލީ ވުޒާރާއާ ހަވާލާދީ ދައުލަތުގެ މީޑިއާ އިން އިއުލާންކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ އިތުރުން ދީނީ ބައެއް ގޮފިތަކަށް މެމްބަރުން ހޮވުންވެސް އޮންނާނެ އެވެ.

މިއީ 2022 ގައި އީރާންގައި ހިނގާދިޔަ އާންމު އެއްވުންތަކަށްފަހު ގާނޫނީ ސަޚުސްތަކަށް މެމްބަރުން ތަރުތީބުކުރާ ފުރަތަމަ ފަހަރެވެ.

އީރާންގައި ބުރުގާ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި އިންދައި މަހްސާ އަމީނީ މަރުވި މައްސަލާގައި ހިނގާދިޔަ ހާދިސާތަކުގައި -- ދީނީ ބައެއް އިދާރާތަކަށް ބަދަލު ގެނައުމަށް އޮތީ ގޮވާލާފަ އެވެ. އަދި އާންމުންނާ ގުޅުންހުރި އަޚްލާގީ މިންގަނޑުތަކަށް ލުއިދިނުމަށްވެސް އޮތީ ގޮވާލާފަ އެވެ.

މިއަދު ވޯޓުލާށް ފެށުމާ އެކު އެންމެ ފުރަތަމަ ވޯޓުލާފައި ވަނީ އީރާންގެ ލީޑަރު އަލީ ޚާމަނާއީ، 84، އެވެ. މި އިންތިހާބުގައި އަށް އަހަރުގެ މުއްދަތަކަށް މެމްބަރުން އައްޔަންކުރާ ދީނީ އިލްމުވެރިން ހޮވުންވެސް އޮންނާނެ އެވެ.

އީރާންގެ ލީޑަރު އަލީ ޚާމަނާއީ ނިޔާވެއްޖެނަމަ އެ މަގާމަށް އެހެން މީހަކު ހޮވުންވެސް އޮންނަނީ ދީނީ އިލްމުވެރިންގެ އެސެމްބްލީއަށް އޮންނަ ވާޖިބެއްގެ ގޮތުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަލީ ޚާމަނާއީގެ ވާޖިބުތަކަށް އެހެން ލީޑަރަކު ހޮވުން މިހާރުވެސް އޮތީ ލަސްވެފަ އެވެ. އެއީ އަލީ ޚާމަނާއީއަށް ދުވަސްވެ ގައިބާރު ދެރަވަމުން އަންނާތީ އެވެ.

އީރާންގެ މަޖިލީހުގައި ހިމެނޭ 290 ގޮނޑިއަށް 15،000 ކެންޑިޑޭޓުން ވާދަކުރެ އެވެ. މަޖިލީހުގެ މުއްދަތަކީ ހަތަރު އަހަރެވެ.

ހަބަރުތައް ބުނާ ގޮތުން އީރާންގެ މަޖިލީހަށް އާންމުކޮށް ހޮވެނީ ހުޅަނގަށް ގޮންޖެހުމުގައި ނަގާކިޔާ މީހުންނެވެ. މީގެތެރޭގައި އެމެރިކާ ނައްތާލަން ގޮވާ މީހުންނާއި ހުޅަނގު ހަލާކުވުމަށް ގޮވާ މީހުން ހިމެނެ އެވެ.

އީރާންގައި ދީނުގެ ނަމުގައި ސަރުކާރުން އަމަލުކުރާ އުސޫލުތައް -- އާންމު އަޚުލާގީ މިންގަނޑުތަކަށް ވުރެ ހަށުކަށި ކަމަށް ބުނެ އަބަދުވެސް ފާޑުކިޔުން އޮވެ އެވެ.