ރައީސް މުހައްމަދު ނަޝީދު

ރައީސަށް ވޯޓު ދޭން އުޅޭ މީހަކު ނުދެކެން: ނަޝީދު

ދަ ޑިމޮކްރެޓްސް އިން "ބޮނޑިބަތް ޕާކު" ސަރަހައްދުގައި ބޭއްވި ކަންމަތީ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އަވަސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓް ދިނުމަށް ބަޔަކު އުޅޭތަން ދެކިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް އިން ރޭ "ބޮނޑިބަތް ޕާކު" ސަރަހައްދުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ވޯޓެއް ދިނުންވާނީ ވަރަށް ބޮޑު ގޯހަކަށް ކަމަށެވެ.

"އެއްވެސް ބޭފުޅަކު ދެން ރައީސް ސޯލިހަށް ވޯޓެއް ދިނުމަކީ ވަރަށް ބޮޑު ގޯހަކަށް ވެގެންދާނީ. ނަމަނަމަ ރައީސް ސޯލިހަށް ވޯޓެއް ނުދެއްވާތި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނި ކަންކަން ކުރައްވަން ރައީސް ސޯލިހު ބޭނުންފުޅު ނުވި ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ މި ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމް ޕްރޮގްރާމަށްވެސް ފާޑު ވިދާޅުވެފަ އެވެ.

ސަރުކާރަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ގޯތި ދިނުމުގައި ސަރުކާރުގެ ޕްލޭނެއް ނެތް ކަމަށެވެ. 4.2 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ގެވަޅު 2،200 ގެވަޅު ދިނުމަށް ނިންމުމަކީ މާނަ ހުރި ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910