މޯލްޑިވްސް ޕޮލިސް ސާވިސް

ރަހީނުކުރުމާއި ފޭރުމުގެ މައްސަލައެއްގައި ސްޓެޕް އައްޔަ ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް އޭނާގެ ފައިސާތައް ފޭރުނު ކަމުގެ ތުހުމަތުގައި މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ހައްޔަރުކޮށްފި އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި މާލޭގެ ގެއެއް ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރުމުގައި ސްޓެޕް އައްޔަ އާއި އިތުރު ބަޔަކު ބައިވެރިވެ އެވެ. މީހަކު ރަހީނުކޮށް އެ މީހާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށްވެސް ފުލުހުން ތުހުމަތުކޮށްފަ އެވެ.

މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރުނު އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އައްޔަ ހައްޔަރުކުރީ އިއްޔެ އެވެ.

ރަހީނުކޮށް ފައިސާތަކެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި އައްޔަ ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް އޭނާ ހޯދަން ފުލުހުން މިމަހުގެ 16 ވަނަ ދުވަހު އިއުލާނުކުރި އެވެ.