ދިރާގު

ފަސް ދުވަހަށް 100ޖީބީގެ ޑޭޓާ 149 ރުފިޔާއަށް ލިބޭ ދިރާގު ޕެކެއް

Aug 30, 2023

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ 149 ރުފިޔާއަށް 100 ޖީބީގެ ޑޭޓާ ފަސް ދުވަހުގެ މުއްދަތަށް ލިބޭ ޕެކެއް ތައާރަފުކޮށްފި އެވެ.

ދާދި ފަހުން ދިރާގުން ތައާރަފުކުރި މި ފަސް ދުވަހުގެ ޑޭޓާ ޕެކްއަކީ ދިރާގުގެ 100ޖީބީ ޑޭޓާ ޕެކުގައި ހިމެނޭ އޮފާއެކެވެ.

މި ޕެކްއާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ގޭމްކުޅެ، މިއުޒިކް ސްޓްރީމްކޮށް، ފިލްމް ނުވަތަ ސީރީޒް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

މި ޑޭޓާ ޕެކްގެ އިތުރުންވެސް ދިރާގުން ވަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ތަފާތު މުއްދަތުގެ 100ޖީބީ ޑޭޓާ ޕެކްތަކެއް ލޯންޗުކޮށްފަ އެވެ.

ދިރާގު 100 ޖީބީ ޑޭޓާ ޕެކް

  • 100ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
  • 100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
  • 100ޖީބީ 15 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
  • 100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
  • 100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް

މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެ ކަމަށާއި ޕެކްތަކުގެ މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.