ޑރ. މުހައްމަދު މުއިއްޒު

ހައްޖު ކޯޓާ 2000 އަށް އިތުރުކުރަން މަސައްކަތް ކުރާނަން: މުއިއްޒު

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ޕީއެންސީގެ ރައީސްއާ ސަލާމް ކުރައްވަނީ
0%
0%
0%

ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދު 2،000 މީހުންނަށް އިތުރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނައިފަރުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ހައްޖަށް ދިއުމަށްޓަަކައި މިހާރު އާންމު ގޮތެއްގައި ދިވެހިންނަށް ލިބެނީ 1000 މީހުންގެ ކޯޓާ ކަމަށެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގެންފިނަމަ އެ އަދަދު 2000 މީހުންގެ ކޯޓާ އަކަށް ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސައުދީގެ ރަސްގެންފާން ސަލްމާން އާއި ކުރީގެ ރައީސް ޔާމީން އަބްދުﷲ ގައްޔޫމަކީ ގާތް ދެ ބޭފުޅުން ކަމަށެވެ. އެހެންކަމުން
ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދު އިތުރުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ހައްޖަށް ދިއުމަށް މިހާރު ވެއިޓިން ލިސްޓްގައި ތިބި ގިނަވެގެން ދެ އަހަރުގެ ތެރޭގައި ހައްޖަށް ފޮނުވައިދޭނެ ކަމަށެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ ހައްޖު ކޯޕަރޭޝަން ބަދަލުތަކެއް ގެނެސް ހިންގުން ހަރުދަނާ ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު އެކަމުގެ އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

ރާއްޖެއަށް ކޮވިޑްގެ ކުރިން އާންމު ގޮތެއްގައި ލިބެމުން ދިޔައީ 1،500 މީހުންގެ ކޯޓާ އެވެ. އެ އަދަދު ދަށްވީ ކޮވިޑުގެ ތެރޭގައި ސައުދީ ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަކަށް ފަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910