ހުޅުމާލެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ސެންޓަރެއް ހުޅުވައިފި

ސަރުކާރުން ހުޅުމާލޭގައި ގާއިމުކުރި ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު މިއަދު ހުޅުއްވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ސަރުކާރުން ހުޅުމާލޭގައި ގާއިމުކުރި، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު މިއަދު ހުޅުވައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ.

މިސެންޓަރު ހުޅުވާފައިވަނީ މިހާރު އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރުވެސް ހިނގަމުން އަންނަ ހުޅުމާލެ އޮރެންޖް ހިޔާ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ގައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ހިންގާ މިސެެންޓަރުގައި ހަތް ފިޒިއޮތެރަޕިސްޓުން މަސައްކަތް ކުރަމުންދެ އެވެ. މިސެންޓަރުން، އުފެދުމުގައި އެކިއެކި މައްސަލަތައް ހުރުމުގެ ސަބަބުން ތަފާތު ފަރުވާއާއި ތަމްރީންތައް ބޭނުންވާ ފަރާތްތަކަށާއި، ދިރިއުޅުމުގައި ދިމާވާ ހާދިސާއެއް، އެކްސިޑެންޓެއް ނުވަތަ ސްޓްރޯކެއް ޖެހުން ފަދަ ކަމަކުންވެސް އެފަރާތްތަކަށް ވަގުތީގޮތުން ކުރިމަތިވާ ހާލަތްތަކުން އަރައިގަނެ އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލައަށް އުޅެވޭނެ ގާބިލްކަން ހޯދައިދިނުމަށްޓަކައި ބޭނުންވާ ރިހިބިލިޓޭޝަން ފަރުވާތައް ފޯރުކޮށްދެ އެވެ.

މިސެންޓަރު ހުޅުވިފައި ހުންނާނީ ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިސެންޓަރުގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ސަރުކާރުން ވަނީ މި ސެންޓަރަށް އާރްޓީއެލް ބަހުގައި ދަތުރުކުރެވޭނެ ގޮތަށް ބަސްދަތުރުތައް ހަމަޖައްސާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910