މޯލްޑިވިއަން

މޯލްޑިވިއަންއަށް އާ ދެ ބޯޓު ގަނެގެން ގެންނަނީ

Sep 3, 2023

ގައުމީ އެއާލައިން -- މޯލްޑިވިއަން އަށް އޭޓީއާރްގެ އާ ދެ ބޯޓު ގަންނަން ނިންމައިފި އެވެ.

މޯލްޑިވިއަނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފްރާންސްގެ އޭޓީއާރް ކުންފުންޏާއެކު، އޭޓީއާރް 600-42 މަރުކާގެ އާ ދެ ބޯޓު ގަތުމަށް މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ޖުމްލަ 46 ޕެސެންޖަރުންގެ ޖާގަ ހުންނަ ފުރަތަމަ ބޯޓު ގެންނަނީ މި އަންނަ ޑިސެމްބަރު މަހު އެވެ. ދެވަނަ ބޯޓު ގެންނަނީ 2025 ވަނަ އަހަރު އެވެ.

މޯލްޑިވިއަން އިން މިދިޔަ ޖުލައި މަހު ވަނީ މޯލްޑިވިއަން އަށް އިތުރު ދެ ބޯޓު ކުއްޔަށް ހޯދުމަށްވެސް އިއުލާންކޮށްފަ އެވެ. އެއީ 42 މީހުންގެ ޖާގައިގެ ދެ ބޯޓެވެ.

ރާއްޖޭގެ 15 މަންޒިލަކަށް މޯލްޑިވިއަންގެ ބޯޓުތައް ދަތުރުކުރާއިރު މޯލްޑިވިއަންގެ ފުލީޓްގައި 50 ފަސެންޖަރުންގެ ޖާގައިގެ ޖުމްލަ އަށް ބޯޓާއި، 37 ފަސެންޖަރުންގެ ޖާގައިގެ ދެ ބޯޓު އޮވެ އެވެ.

އެ ކުންފުނިން މިހާރު ބޭނުން ކުރާ ޑޭޝް-8 ގެ މަތިންދާ ބޯޓުތައް ބާވުމާއި މިހާރު އެ މަރުކާގެ ބޯޓު އުފެއްދުން ހުއްޓާލާފައިވުމާއެކު އެ ކުންފުނިން އަމާޒު ހިފާފައިވަނީ އެ ކުންފުނީގެ ފްލީޓު އެއްކޮށް އޭޓީއާރަށް ބަދަލުކުރުމަށެވެ. އެގޮތުން އަހަރުވެސް އޭޓީއާރްގެ މުޅިން އާ ތިން ބޯޓު ގެނެސްފައިވެ އެވެ.