މަސްތުވާތަކެތި

368 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި

ތަފާތު އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 368 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.

ދޫނިދޫގައި މިއަދު ނައްތާލި މަސްތުވާތަކެއްޗަކީ 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 232 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި މިއަދު ނައްތާލާފައިވަނީ 1،509 މައްސަލައާއި 659 އިންސިޑެންޓުގައި ހިމެނޭ 4،405 އެވިޑެންސެވެ.

އަންދާލި މަސްތުވާތަކެތީގެ ބާވަތްތަކާއި ބަރުދަން

  • އެމްޑީއެމްއޭ -- 1495.97 ގްރާމް
  • މެތް -- 37953.49 ގްރާމް
  • މޯފިން -- 90860.86 ގްރާމް
  • ކެނަބިނޯލް -- 30266.87 ގްރާމް
  • ކޮކެއިން -- 17830.90 ގްރާމް
  • އެލްއެސްޑީ -- 0.1142 ގްރާމް
  • އެހެނިހެން ތަކެތި -- 54145.42 ގްރާމް

މީގެ އިތުރުން އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ ސްޓިމިއުލަންޓާއި މަނާ ބޭހުގެ ގޮތުގައި ހިމެނޭ 54145.42 ގްރާމްގެ ތަކެތި ވަނީ ނައްތާލާފަ އެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.