ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ އިލްތިމާސް: އަވަހަށް ވޯޓުލައްވާ

ރިޔާސީ އިންތިހާބުގައި ވީހާވެސް އަވަހަށް ނިކުމެ ވޯޓު ލެއްވުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

މުއިއްޒު މިކަމަށް އެދިވަޑައިގަތީ މިއަދު އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މުއިއްޒު ވޯޓު ލެއްވީ ތާޖުއްދީން ސްކޫލުގައި ހުރި ވޯޓު ފޮށްޓަކަށް މިއަދު 9:15 ހާއިރު އެވެ.

މުއިއްޒު ވިދާޅުވީ ވޯޓުލުމަށް އަވަހަށް ނިކުމެ އެ ބޭފުޅެއްގެ ގާނޫނީ ޒިންމާ އަދާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އެ ބޭފުޅަކު އިހުތިޔާރު ކުރާ ކެންޑިޑޭޓަކަށް ވޯޓުލުމަކީ ގާނޫނީ ގޮތުން އެބޭފުޅެއްގެ ވާޖިބެއް،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް ޕީއެންސީ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވެސް މިހާރު ވަނީ ވޯޓުލައްވާފަ އެވެ.

ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.