މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި މީހާ ޖަލުގައި ހުއްޓާ މަރުވެއްޖެ

ގއ. ކަނޑުހުޅުދޫ، އަންނާރުމާގޭ، ހަސަން މޫސާ ދީދީ (85 އަހަރު)
0%
0%
0%

ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާފައި ހުރި އެރަށު އަންނާރުމާގޭ ހަސަން މޫސާ ދީދީ (85 އަހަރު) މިއަދު މަރުވެއްޖެ އެވެ.

އޭނާ ހުކުމް ތަންފީޒު ކުރަމުން ދިޔައީ ހުޅުމާލޭ ޖަލު ގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ހަސަން މޫސާ ދީދީ މަރުވީ އޭނާ ހަރަކާތް ނުކުރާކަން ފާހަގަކުރެވިގެން، އެމެޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިޔަ ފަހުން ކަމަށެވެ.

އޭނާ މަރުވި ކަމަށް ޑޮކްޓަރު ނިންމެވީ މިއަދު ހެނދުނު 9:55 ހާއިރު ކަމަށާއި އޭނާ މަރުވީ ހިތްހުއްޓިގެން ކަމަށް ޑޮކްޓަރާ ހަވާލާދީ ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

ހަސަން މޫސާ ދީދީ އަކީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާ ގުޅިގެން 25 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ. އަދި އޭނާ އަކީ މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށްވެސް ހިނގާ ބިނގާ ނޫޅެވޭ، އެނދުމަތިވެފައިވާ މީހެކެވެ.

ހަސަން މޫސާ ދީދީ މަރުވުމާ ގުޅިގެން ކަރެކްޝަނުން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަންގާފައިވާނެ ކަމަށްވެސް ކަރެކްޝަންސް އިން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345