ފިނިޕޭޖް

ކްރިސް އެވަންސް ކައިވެނިކޮށްފި

މާވެލް ސިނަމެޓިކް ޔުނިވާސްގައި ކެޕްޓަން އެމެރިކާގެ ރޯލް އަދާކުރި ކްރިސް އެވަންސްގެ ކައިވެނިކޮށްފި އެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ކްރިސް، 42، އޭނާގެ ލޯބިވެރިޔާ އަދި އެކްޓްރެސް އަލްބާ ބެޕްޓިސްޓާ، 26، އާ ކައިވެނިކުރީ ސިއްރުން މިދިޔަ ހަފްތާ ބަންދުގައި މަސަޗޫސެޓްސްގެ ކޭޕް ކޮޑްގައެވެ. އަދި ކައިވެނީގެ ހަފްލާގައި ބައިވެރިވި ގާތް ރަހްމެތްތެރިން ފޮޓޯ، އޯޑިއޯ އަދި ވީޑިއޯ ރިކޯޑްކޮށްފާނެތީވެ، އެމީހުންގެ މޯބައިލް ފޯނާއި އެފަދަ ޑިވައިސްތައް ހަފްލާއަށް ނުގެންދެވެ އެވެ.

މި ހަފްލާގައި ބައިވެރިވި ކަމަށް ބެލެވޭ މެހެމާނުންގެ ތެރޭގައި ކްރިސްގެ އެކުވެރި މާވެލް އެވެންޖާސްއިން ކަމުގައިވާ ކްރިސް ހެމްސްވޯތްގެ ދެމަފިރިން، ރޮބަޓް ޑައުނީ ޖޫނިއާގެ ދެމަފިރިން، ޖެރެމީ ރެނާ، ސްކާލެޓް ޖޮހޭންސަންގެ ދެމަފިރިން އާއި ޖޯން ކްރަސިންކީ އާއި އަންހެނުން އެމިލީ ބްލަންޓް ހިމެނެއެވެ.

އެމިލީ އާއި ކްރިސްގެ ފިލްމް "ޕެއިން ހަސުލާސް" އަންނަ މަހު ރިލީޒްކުރާނެ އެވެ.

ކްރިސް އާއި އަލްބާ ޑޭޓްކުރާކަމުގެ އަޑު އެރީ 2022ގެ ޖެނުވަރީ މަހު އެވެ. އޭގެފަހުން ކްރިސް ވަނީ އިންސްތަގްރާމް މެދުވެރިކޮށް، އަލްބާއާ ޑޭޓްކުރާކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.