ފިނިޕޭޖް

"އަކުއާމޭން އެންޑް ދަ ލޮސްޓް ކިންގޑަމް"ގެ ޓީޒާ ނެރެފި

ވޯނާ ބްރަދާސް އިން މިދިޔަ އާދިއްތަ ދުވަހު، "އަކުއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް"ގެ ޓީޒާ ނެރެފި އެވެ.

ޓީޒާއިން ފެންނަނީ އަކުއާމޭން ކިބައިން، ބްލެކް މަންޓާގެ ބައްޕަގެ މަރުގެ ބަދަލު ހިފުމަށް ވައުދުވާ ތަނެވެ.

އާތާގެ ކުޑައިރުގެ ގެ ރޯވާ މަންޒަރު ފެންނައިރު، ކަނޑު އަޑީގައިވެސް ހަލަބޮލި މަންޒަރުތަކާއި އާތާގެ މަންމަ އަދި އެއްބަނޑު ކޮއްކޮ ފެނިގެން ދެއެވެ. އަދި ހަތަރު ދުވަސް ފަހުން ޓްރޭލާ ރިލީޒްކުރާނެ ކަމަށް އަރަ އެވެ.

ޖޭމްސް ވަން ޑައިރެކްޓްކުރި މި ފިލްމަކީ އޭނާ 2018 ގައި ނެރުނު "އަކުއާމޭން"ގެ ސިކުއެލް އެވެ.

މި ފިލްމްގައި ޖޭސަން މޯމޮއާ އަނެއްކާވެސް އާތާ ކަރީ / އަކުއާމޭން / އެޓްލާންޓިސްގެ ރަސްގެފާނުގެ ރޯލުން ފެންނަ އިރު، ޕެޓްރިކް ވިލްސަން އޯމް މޭރިއަސް / އޯޝަން މާސްޓާ އަދި އާތާގެ އެއްބަޑު ކޮއްކޮގެ ރޯލު އަދާކުރެ އެވެ.

މީގެ އިތުރުން އާތާ އަދި އޯމްގެ މަންމަ ރާނީ އެޓްލާނާގެ ރޯލު ނިކޯލް ކިޑްމަން އަދާކުރާއިރު، މި ފިލްމްގައި ޓެމޭރާ މޮރިސަން (އަކުއާމޭންގެ ބައްޕަ)، ޔަހްޔާ އަބްދުކް މަތީން 2 (ބްލެކް މަންޓާ)، އެމްބާ ހާޑް (މޭރާ)، ޑޮލްފް ލަންޑްގްރެން (ކިންގ ނޭރިއަސް) އަދި ރެންޑަލް ޕާކް (ޑރ. ސްޓީވަން ޝިން) މި ފިލްމުގައި ހިމެނެ އެވެ.

"އަކުއާމޭން"ގެ ފުރަތަމަ ފިލްމަކީ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދައި، ޑީސީގެ އެކްސްޓެންޑަޑް ޔުނިވާސްގެ މިހާތަނަށް އެންމެ ކާމިޔާބު ފިލްމެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ މިއަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު އެވެ. މިއީ "އަކުއާމޭން" 2018 ގައި ރިލީޒްކުރިތާ ފަސް އަހަރު ފުރޭ ތާރީހެވެ.