ފަރަންސޭސިވިލާތުގައި އައިފޯން 12 ވިއްކުން -- އެ ނޫން ގޮތަކަށް އަންގަންދެން، ވިއްކުން މަނާކޮށްފި އެވެ.
މުވާސަލާތީ އާލާތްތައް ބަލައި ފާސްކޮށް އަދި ބޭނުންކުރަން ހުއްދަ ދޭ އިދާރާއިން ބުނި ގޮތުން، އައިފޯން 12 އެ ގައުމުގައި ވިއްކުން މަނާކުރަން ޖެހުނީ، އެޕަލްއިން މީގެ ކުރި ދިން މައުލޫމާތުގައި ކުށް ހުރުމުންނެވެ.
އެޕަލުން ބުނި ކަމަށް އިދާރާތަކުން ބުނީ އައިފޯން 12 އަކީ ޔޫރަޕްގައި -- ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރުން ރައްކާތެރި އާލާތެއް ކަމަށެވެ. ނަމަވެސް، އެ އިދާރާއިން ހޯދި ހޯދުމުން، އައިފޯން 12 އިން އެކަށީގެން ނުވާ ވަރަށް ރޭޑިއޭޝަން ބޭރުކުރާ ކަމަށް ވަނީ ބުނެފަ އެވެ.
ޑިޖިޓަލް ޓްރާންސިޝަން އެންޑް ޓެލެކޮމިއުނިކޭޝަން މިނިސްޓަރު ޖީން ނޮއެލް ބެރޮޓް އެކްސްގައި ޓްވީޓްކުރައްވައި ވިދާޅުވީ، އެޕަލުން ސޮފްޓްވެއާ މެދުވެރިކޮށް ނަމަވެސް ހައްލެއް ހޯދުމަށް ދާންދެން އައިފޯން 12 މާކެޓްކުރުމާއި ވިއްކުން ފަރަންސޭސިވިލާތުގައި މަނާވާނެ ކަމަށެވެ.
ޑިޖިޓަލް މިނިސްޓްރީން ނެރުނު އަމުރު އެ ގައުމުގައި ބަރާބަރަށް ތަންފީޒުކުރޭތޯ ބެލުން ހަވާލުކޮށްފައިވަނީ ނެޝަނަލް ފްރިކްއެންސީ އޭޖެންސީ އަށެވެ.
ފްރިކްއެންސީ އޭޖެންސީން ބުނި ގޮތުން އައިފޯން 12 އަކީ އިންސާނުން ބޭނުންކުރަން ހުއްދަ ދީފައި ހުންނަ އާލާތްތަކަށް ވުރެ އިތުރަށް ރޭޑިއޭޝަން ބޭރުކުރާ އާލާތެއްކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.
އައިފޯން 12 މާކެޓަށް ނެރުމާ އެކު ފްރިކްއެންސީތައް ޓެސްޓްކުރެވުނު ކަމަށާއި، އެޕަލްއިން ފޮނުވާ ސޮފްޓްވެއާ އަޕްޑޭޓްތަކުގެ ސަބަބުން ވެސް -- އައިފޯން 12 ބޭނުންކުރާ މީހުންނަށް އެނގުމެއް ނެތި، ރޭޑިއޭޝަންގެ މިންވަރު މަތިވުން އެކަށިގެންވާ ކަމަށްވެސް އެ އޭޖެންސީން ބުނެ އެވެ.
އެޕަލުން މިކަމަށް ހައްލެއް ނުހޯދައިފިނަމަ، ފަރަންސޭސިވިލާތުގައި މިހާތަނަށް ވިއްކާފައި ހުރި ހުރިހާ އައިފޯން 12 ތަކެއް އަނބުރާ ގެންދަން ޖެހޭނެ ކަމަށްވެސް އިދާރާތަކުން ބުނެ އެވެ. އަދި އެކަށީގެންވާ ބަދަލެއް ނުވަތަ މީހަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަމަށްވެސް އެޕަލުން ބަދަލު ދޭން ޖެހޭނެ ކަމަށް ފްރިކްއެންސީ އޭޖެންސީ ބުނެ އެވެ.
ފަރަންސޭސިވިލާތުގައި ޖީބުގައި ގެންގުޅޭ އިލެކްޓްރޯނިކް އާލާތްތަކުން އިންސާނުންގެ ހަމަށް އެއްވެސް ގެއްލުމެއް ލިބިގެން ނުވާނެ އެވެ. މި ގަވާއިދާ ޚިލާފުވާ އެއްވެސް އާލާތެއް ވިއްކުން އޮންނަނީ މަނާކޮށްފަ އެވެ.