ދިރާގު

ދިރާގާއެކު އަންލިމިޓަޑް ހައި-ސްޕީޑް ހޯމް އިންޓަނެޓް

Sep 14, 2023

ދިރާގާއެކު މިހާރު ކަސްޓަމަރުންނަށް އެފަރާތްތަކުގެ އިންޓަނެޓް ހުރިހާ ބޭނުންތަކަށް އަންލިމިޓަޑް ފައިބަ ހޯމް އިންޓަނެޓް ހަލުވި ސްޕީޑްގައި ތަޖުރިބާކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެގޮތުން ރެސިޑެންޝަލް ކަސްޓަމަރުންނަށް ބްރައުސްކުރުމަށާއި ސްޓްރީމްކުރުމަށާއި ގޭމް ކުޅެ ޑައުންލޯޑް ކުރުމަށްވެސް އަންލިމިޓަޑް ފައިބަ ބްރޯޑްބޭންޑް ދެ ޕެކޭޖަކުން އިހުތިޔާރުކުރެވޭނެ ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

އެއީ ފައިބަ 50އެމް އަންލިމިޓަޑް ޕެކޭޖް 1490 ރުފިޔާއަށް ނުވަތަ ފައިބަ 100އެމް އަންލިމިޓެޑް އެންމެ 2800 ރުފިޔާއަށެވެ.

މި ޕެކޭޖްތަކުގެ އަންލިމިޓަޑް ޑޭޓާ އެލަވަންސާއެކު ކަސްޓަމަރުންނަށް އެންމެ ރަނގަޅު އަގުތަކުގައި ރާއްޖޭގެ އެންމެ ހަލުވި ނެޓްވަކްގައި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކުރެވޭނެ އެވެ.

ކަސްޓަމަރުންނަށް ދިރާގު އެޕް ނުވަތަ ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފައިބަ ބްރޯޑްބޭންޑް ޕެކޭޖް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެ އެވެ. އަދި ދިރާގަށް އާ ކަސްޓަމަރެއްނަމަ ދިރާގު ވެބްސައިޓް މެދުވެރިކޮށް އިންޓަނެޓަށް އެޕްލައިކޮށްލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަ ނެޓްވޯކެވެ. އެގޮތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.