ފިނިޕޭޖް

ޖޯޝް ޑުމެލް އާއި އޯޑްރާއަށް ދަރިއަކު ލިބެނީ

"ޝޮޓްގަން ވެޑިން"ގެ އެކްޓަރު ޖޯޝް ޑުމެލް، 50، އާއި އަންހެނުން އޯޑްރާ މާރި، 29، އަށް ދަރިއަކު ލިބެނީ އެވެ.

މި ދެމަފިރިންނަށް ދަރިއަކު ލިބޭކަން ހާމަކުރީ ދެމީހުންގެ އިންސްތަގްރާމްގައި ކުރި ޕޯސްޓެއް ގައެވެ.

އެ ޕޯސްޓްގައި ހުދު ލިލީ މަލަކާއި ދަރިފުޅުގެ ސްކޭންގެ ފޮޓޯއެއް ހިއްސާކުރަމުން ހިތެއްގެ އިމޯޖީއާ އެކު "ބޭބީ ޑުމެލް އަވަހަށް އަންނަނީ" ކަމަށް ބުނެފައިވެ އެވެ.

މިއީ އޯޑްރާގެ ފުރަތަމަ ދަރިފުޅު އަދި ޖޯޝްގެ ދެވަނަ ދަރިފުޅެވެ. ޖޯޝް އާއި އޭނާގެ ކުރީގެ އަންހެނުން، ބްލެކް އައިޑް ޕީޒްގެ ފާގީ އަށް 10 އަހަރުގެ އެކްސެލް ލިބިފައިވެ އެވެ.

ވަކިވިކަމަށް އިއުލާންކުރިތާ ދެ އަހަރު ފަހުން 2019 ގައި ޖޯޝް އާއި ފާގީ ވަރިވި އެވެ. އަދި އޭގެ ފަހުން ޖޯޝް އޯޑްރާއާ ޑޭޓްކުރަން ފަށައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ގައި ކައިވެނިކުރި އެވެ.

އޯޑްރާ އަކީ މިސް ޔޫއެސްއޭ ވޯލްޑް ހާސިލްކޮށް، 2016ގެ މިސް ވޯލްޑް ކޮމްޕެޓިޝަންގައި އެމެރިކާ ތަމްސީލްކޮށްފައިވާ މީހެކެވެ.