ފިނިޕޭޖް

"ބިއުޓިފުލް ޑިސާސްޓާ"ގެ ސިކުއެލްގެ ޓްރޭލާ ނެރެފި

ރޮމޭންޓިކް ޑްރާމާ ފިލްމެއް ކަމުގައިވާ "ބިއުޓިފުލް ޑިސާސްޓާ"ގެ ސިކުއެލް "ބިއުޓިފުލް ވެޑިން"ގެ ޓްރޭލާ ނެރެފި އެވެ.

ޑިލަން ސްޕްރައުސް އާއި ވާޖިނިއާ ގާޑްނާ ލީޑް ރޯލް އަދާކުރާ މި ފިލްމުގެ ޓްރޭލާއިން ފެންނަނީ ޓްރޭވިސް (ޑިލަން) އާއި އެބީ (ވާޖިނިއާ)ގެ ލާސް ވެގަސް ކައިވެންޏަށްފަހު، މެކްސިކޯއަށް ހަނީމޫންއަށް ދާއިރު، ދެމީހުންގެ ރައްޓެހިން ގޮވައިގެންދާ ތަނެވެ. އަދި ދިމާވާ އެހެން މީހުންގެ ސަބަބުން ބޮޑު ހާޖާނަކަށްވެ، ޓްރޭވިސް އާއި އެބީގެ ކައިވެނި ބޮޑު އިމްތިހާނަކަށް ބަދަލުވާ ތަނެވެ.

ރޮޖާ ކަމްބްލް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ އިތުރު ކާސްޓްގެ ތެރޭގައި އޮސްޓިން ނޯތް، ލިބް ބެއާރާ، ރޮބް އެސްޓެސް، ބްރާޔަން އޮސްޓިން ގްރީން، މައިކަލް ކަޑްލިޓްޒް، ނީލް ބިޝޮޕް އަދި ކައިލް ރިޗަޑްސް ހިމެނެ އެވެ.

ޖޭމީ މެގުއަޔާގެ ވާހަކައަށް ބިނާކޮށްފައިވާ "ބިއުޓިފުލް ވެޑިން" މިއަހަރު އޭޕްރީލް މަހުގައި ދެ ދުވަހު ސިނަމާތަކުގައި ރިލީޒްކުރުމަށްފަހު މިދިޔަ މަހު ވަނީ ހޫލޫ އިން ސްޓްރީމް ކުރަން ފަށާފަ އެވެ.

"ބިއުޓިފުލް ވެޑިން" ސިނަމާތަކަށް އަންނާނީ 2024ގެ ކުރީކޮޅު އެވެ.