ހަސަން ލަތީފް

ނިޒާމު ބަދަލުކުރަން ޕީޕީއެމް ދެކޮޅު، އެމްޑީޕީން ޖަވާބެއް ނުދޭ: ހަސަން

ދަ ޑިމޮކްރެޓްސްގެ މަސްއޫލުވެރިޔާ ހަސަން ލަތީފް މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ސިޔާސީ ޕާޓީތަކަށް ހުށަހެޅީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ވޯޓަށް އެހުމަށް ކަމަށާއި އެ ހުށަހެޅުމަށް ޕީޕީއެމް އިން ދެކޮޅު ހަދާފައިވާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ނޫސްވެރިންނަށް މިރޭ މައުލޫމާތު ދެއްވަމުން ދަ ޑިމޮކްރެޓްސްގެ މަސްއޫލުވެރިޔާ ހަސަން ލަތީފް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެ ޕާޓީން ބޭނުންވާތީ އެކަމުގެ ހުށަހެޅުން ޕީޕީއެމް އަށްވެސް އަދި އެމްޑީޕީއަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތުގައި ކުރިއަށް ދިއުމަށް ޕީޕީއެމްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން ހުށަހެޅުމުން އެ ޕާޓީން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

""ޕީޕީއެމް އަކުން ބޭނުމެއް ނުވި އެއްބަސްވުމުގައި ސޮއިކުރަން. އަޅުގަނޑުމެން ހުށައަޅާފައިވާނެ ސޮއިކުރެވޭ އެއްބަސްވުން އާންމުވެސް ކުރަން. އެހެންވީމަ ޕީޕީއެމް އަކުން އެއްބަހެއް ނުވި،" ހަސަން ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީއަށް ހުށަހެޅުމުން އެކަމަށް އަދި ވަކި ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އެހެންވެ އެމްޑީޕީއާ އެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކޮށްގެން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

"ރައިސުލްޖުމްހޫރިއްޔާ މިކަމަށް ވިސްނުމަށް މިއީ އެންމެ އައުލާކަން ބޮޑު ވަގުތު،" އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓުން ހުށަހަޅަނީ މިމަހުގެ 25 ވަނަ ދުވަހު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910