މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލެ އިން މީހަކު ގެއްލިގެން ހޯދަނީ

ހުޅުމާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ ހއ. ދިއްދޫ، ގުލްފާމްގެ، އިސްމާއީލް މާހިރު (50އ) އެވެ.

އޭނާ މިހާރު ދިރިއުޅެނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން ހަދާފައިވާ ސްޓެލްކޯ ޓަވަރު ގައެވެ.

ފުލުހުން ބުނީ އީސްމާއީލްގެ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 1:08 ހާއިރު ކަމަށެވެ.

އިސްމާއިލް އިއްޔެ ހުކުރަށް ދާން ގެއިން ނުކުތް ފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށާއި އޭރު ލައިގެން ހުރީ މާޖެހި ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

އިސްމާއީލްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.