މޯލްޑިވްސް ޕޮލިސް ސާވިސް

ހޮޓަލެއްގެ ތެރޭގައި ބިދޭސީއަކަށް ހަމަލާދިން ދިވެއްސަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ހޮޓަލެއްގެ ތެރޭގައި ބިދޭސީއަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ރޭ މެންދަމު 12: ހާއިރު ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މި މީހާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ދީފަ އެވެ.

މި މާރާމާރީއާ ގުޅޭ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު މިމައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.