މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުގެ ފީ ކުޑަކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުން ނަގާ އަގުތައް ކުޑަކުރަން ނިންމައިފި އެވެ.

އެގޮތުން ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުގެ ވޯފޭޖް ޗާޖް އާއި، ހޭންޑްލިން އާއި، ސްޓީވަޑޯރިންއާއި، އެމްޕްޓީ އަންލޯޑިން އަދި ހޭންޑްލިން ޗާޖަސްގެ އަގު ވަނީ 25 ޕަސެންޓު ކުޑަކޮށްފަ އެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި މާލޭގެ މައި ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ކުންފުނީގެ ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކަށް ނަގާ އަގުތައް ކުޑަކުރަން ނިންމާ މިދިޔަ ހުކުރު ދުވަހުން ފެށިގެން ބިލްކުރަނީ ކުޑަކުރި އަގުގަގައި ކަމަށެވެ.

ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުން ނަގާ ފީކުޑަކުރުމާއި ގުޅިގެން މުދަލުގެ އަގު ހެޔޮކުުރުމަށް ވިޔަފާރިވެރިންނަށް ފަސޭހަ ވާނެ ކަމުގައި އެމްޕީއެލް އިން ބުނެ އެވެ.