ހަބަރު

އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގަންނަވަނީ

Feb 18, 2016

އދ. ގެ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް މިރޮސްލޭވް ޖެންކާ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ޖެންކާ ރާއްޖެ ވަޑައިގަންނަވާ މިދަތުރުފުޅަކީ، ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެހެން ނަމަވެސް އެ ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތެއް ސަރުކާރުން ދީފައެއް އަދި ނުވެ އެވެ. އަދި އެ ދަތުރުގެ މަގުސަދެއް ވެސް ބުނެފައެއް ނުވެ އެވެ. މިރޮސްލޯވް އެސިސްޓެންޓް ސެކްރެޓަރީއެއްގެ މަގާމާ ހަވާލުވީ، 2015 ވަނަ އަހަރުގެ މާޗް މަހު އެވެ.

މިފަހުން އީޔޫ ޕާލިމަންޓްގެ ވަފްދަކާއި އާއި ކޮމަންވެލްތްގެ ވަފުދެއް ރާއްޖެ ވަޑައިގެންފައިވެ އެވެ. އަދި މީގެ އިތުރަށް، ބްރިޓިޝް-މޯލްޑިވްސް އިންޓަޕާލިމަންޓްރީ ކޮމިޝަންގެ ވަފުދެއް ވެސް ރާއްޖެ ވަޑައިގެންފައިވެ އެވެ.