ޑރ. މުހައްމަދު މުއިއްޒު

ގޯތިތައް ތިން މަސް ތެރޭ ހަވާލުކުރަންޖެހޭ އިސްލާހު އަލުން މަޖިލީހަށް

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުންގެ ލިސްޓް އާންމުކުރާތާ ތިން މަސް ތެރޭގައި އެ ގޯތި ހަވާލުކުރަންޖެހޭ ގޮތަށް ބިމާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަސްދީގު ނުކުރައްވާ އެ އިސްލާހާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެން އެ އިސްލާހުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ބަންޑާރަ ގޯތި ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މީކާއިލް ނަސީމު އެވެ.

މިއިސްލާހު 19 ވަނަ މަޖިލީހުން ފާސްކުރީ ނިމިގެން ދިޔައީ އޭޕްރީލް 29 ވަނަ ދުވަހު އެވެ.

ނަވާރަ މަޖިލީހުގެ ދައުރު އިއްޔެގެ ނިޔަލަށް އެއްކޮށް ނިމިގެން ގޮސްފައިވާތީ އޭރު މަޖިލީހުގައި ހުރި ބިލްތަކާ އަދި ހުށަހެޅިފައިވާ މައްސަލަތަކާ މެދު ދެން ގޮތެއް ނިންމާނީ މިމަހުގެ 28 ވަނަ ދުވަހު ހުވާ ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައި މީކާއިލް ވަނީ އިންތިހާބުވެފަ އެވެ.