ދުނިޔެ

ޗައިނާ އާއި ރަޝިއާއަށް ޒިންމާތަކެއް އެބައޮތް: ވާންގް ޔީ

ދުނިޔޭގެ ސިޔާސީ މަސްރަހު ސުލްހަވެރި ގޮތުގައި އެއްވާނަކަށް ދެމެހެއްޓުމަށް ޗައިނާ އާއި ރަޝިއާއަށް ޒިންމާތަކެއް އެބައޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވެއްޖެ އެވެ.

ޗައިނާއާ ރަޝިއާއާ ދެމެދު ގޮތް ގާތް އެކުވެރިކަމަކީ އެހެން ގައުމުތަކުން ނަމޫނާއެއް ކަމަށް ދެކުމަށްވެސް ވާންގް ޔީ ގޮވާލެއްވި އެވެ. ބިނާކުރަނިވި ގޮތުގައި އެއްބާރުލުމަކީ އެއްވެސް ބަޔަކަށް އެކަމުން ގެއްލުމެއް ލިބޭނެ ކަމެއް ނޫން ކަމަށް ވަޒީރު ވިދާޅުވި އެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި އެ ގައުމުގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފްއާ ބައްދަލުކުރައްވައި ވާންގް ޔީ ވަނީ ދެ ގައުމު ގުޅުން ދެމެހެއްޓުމަށް ރޭވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވަންގް ޔީ ވިދާޅުވީ ޗައިނާއާއި ރަޝިއާގެ ގާތް ގުޅުމަކީ އިތުރު އެހެން ގައުމަކަށް މައްސަލައަކަށް ވެގެން ނުވާނެ ކަމަށެވެ.

ވަކި ބަޔަކާ ވާދަކުރުމާއި ޖެއްސުންކުރުމަކީ މި ޒަމާން ދަންނަ ކަމެއް ނޫން ކަމަށާއި ފިނި ހަނގުރާމައިގެ ގޮތްދޫނުކުރުން ދޫކޮށްލައިގެން ނޫން ގޮތަކަށް -- ޒަމާން ފަތަހަ ނުކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާއާ ރަޝިއާ އަކީ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުން ކަމަށް ވުމަކީވެސް ދެ ގައުމަށް އޮތް ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

ރަޝިއާ އާއި ޗައިނާ ދެ ފަރާތަށް އެނބުރި ކަނޑިއާއި ކަނޑި ވެފައި ތިބެން ވެއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު ނިކަމެތި ގައުމުތަކަށް ކުރާނެ ކަމަށާއި، ދުނިޔޭގެ ބާރުތައް ވަކި ބައެއްގެ މުށުތެރެއަށް ލުމަށް މަގުފަހިވާނެ ކަމަށްވެސް ވާންގް ޔީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގައި މިހާރު ސިޔާސީ އޮއިވަރު އޮތީ އެކިއިރު އެކި ދިމާއަށް ކަމަށެވެ. މިއީ ދުނިޔޭގައި ހިނގާ އެއްވެސް ކަމެއް ވަރަށް ގާތުން ބަލައި އަދި ފާސްނުކޮށް ދޫކޮށްލައިގެން ވާނެ ޒަމާނެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

ލަވްރޯވް ވިދާޅުވި ގޮތުގައި ސުލްހައިގެ ގަލެއް އިޚުތިޔާރުކޮށްގެން ނޫން ގޮތަކަށް ސިޔާސީ ބިންހެލުންތަކުން ސަލާމަތެއް ނުވާނެ އެވެ. ރަޝިއާއާއި ޗައިނާގެ ވިސްނުމަކީ މިއީ ކަމަށްވެސް ވިދާޅުވި އެވެ.

ޗައިނާއާއި ރަޝިއާ ދެމެދު އޮތީ އެއްވެސް ބަޔަކަށް ގެއްލުމެއް ލިބޭނެ ގުޅުމެއް ނޫން ކަމަށްވެސް ލަވްރޯފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދެ ގައުމު ގުޅިގެން ދުނިޔޭގައި ކުރިއަށް ދާންވީ އެހެން ގައުމުތަކަށް މަގުފަހިކުރަމުން ކަމަށެވެ.