ޑރ. މުހައްމަދު މުއިއްޒު

ހދ. އަތޮޅު ކައުންސިލްގެ ރައީސް ސިރާޖު ޕީޕީއެމްއާ ގުޅިވަޑައިގެންފި

ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.

ސިރާޖު ޕީޕީއެމްއަށް ސޮއިކުރެއްވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭހދ. ކުޅުދުއްފުށީގައި ބޭއްވި ކެމްޕޭން ޖަލްސާ ގައެވެ.

ސިރާޖުގެ މެންބަޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ޕީޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި ޑރ. މުއިއްޒު އެވެ.

ހދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ޝިރާޖު އިންތިހާބުވީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީގެ ޓިކެޓް ގައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސިރާޖު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭންގައި މަސައްކަތް ކުރައްވާފަ އެވެ.

ށ. ފުނަދޫގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޑރ. މުއިއްޒު ބޭއްވި ކެމްޕޭން ޖަލްސާގައި ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމު (ޝިޔާންޓޭ)ވެސް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. ޝިޔާންޓޭ ވެސް ކައުންސިލަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓު ގައެވެ.