ޑރ. މުހައްމަދު މުއިއްޒު

އިނގިލި ބުރިކޮށްލިޔަސް އަޅުގަނޑާ ދެކޮޅު ނުވާނެ މެންބަރުން އެމްޑީޕީގައި އެބަތިބި: ރައީސް

ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

އެމްޑީޕީގައި ތިއްބެވި ބައެއް މަޖިލިސް މެންބަރުންގެ ތެރޭގައި އެބޭފުޅުންގެ އިނގިލި ބުރިކޮށްލިޔަސް އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ނުކުރައްވާނެ މަޖިލިސް މެންބަރުންތަކެއް އަދިވެސް އެމްޑީޕީގައި އެބަތިއްބެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމްޑީޕީގެ 13 މެންބަރަކު ޕީއެންސީއަށް ސޮއި ކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން ޕީއެންސީއަށް އަދި ސޮއި ނުކުރެއްވި ނަމަވެސް އޭގެތެރެއިން ބައެއް މެންބަރުން ތިއްބެވީ އެމަނިކުފާނާ އެކު ކަމަށެވެ. އެ މެންބަރުން ތިއްބެވީ ވަރުގަދަ އަޒުމެއްގައި އަދި އިނގިލި ބުރިކޮށްލިޔަސް އެމަނިކުފާނާ ދެކޮޅު ނުވާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

"އެކި ސަބަބުތަކަށްޓަކައި، މަސްލަހަތަށްޓަކައި އަޅުގަނޑުމެންނާ ފާޅުގައި ގުޅިވަޑައި ނުގެންނެވި އަޅުގަނޑަށް ޕާސަނަލީ، އަމިއްލަ ހައިސިއްޔަތުން އެނގޭ، ހަމަ އެމްޑީޕީ މަޖިލިސް މެމްބަރުން އެބަ ތިއްބެވި އެމްޑީޕީ ޕީޖީ ގްރޫޕުގައި މަޑު ކުރައްވައިގެން ތިއްބެވި ބޭފުޅުންވެސް،" ރައީސް ވިދާޅުވި އެވެ.

ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: އަވަސް

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ 13 މެންބަރުން މިރޭ ޕީއެންސީއަށް ސޮއިކުރެއްވުމާ ގުޅިގެން އެކަމުން ހިތްވަރު ލިބިވަޑައިގެން އެމްޑީޕީގެ އިތުރު މެންބަރުން އަދިވެސް ޕީއެންސީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އެކަމުގެ އުއްމީދުގައި އަޅުގަނޑުމެން ތިބި ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ މެންބަރުންތަކެއް މިރޭ ޕީއެންސީއާ ގުޅިވަޑައިގަތުމާ އެކު އެ ބޭފުޅުންނާ ގުޅޭގޮތުންވެސް ދޮގު ވާހަކަތައް ފަތުރާނެ ކަމަށެވެ. ނަމަވެސް ރައީސް ޔަގީންކަން ދެއްވީ އެމްޑީޕީގެ މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތީ ގައުމުގެ ހައްގުގައި ކަމެވެ. އެކަމަށްޓަކައި ރައީސް ވަނީ އެ މެންބަރުންނަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345