ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ފިޔަވަހީގައި އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފި އެވެ.
މިއަހަރުގެ ދެވަނަ ފިޔަވަހީގައި އެހީ ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ބީއެމްއެލް އިން ފުރުސަތު ހުޅުވާލުމުން ހުށަހެޅި ޕްރޮޕޯސަލް ތަކުގެ ތެރެއިން މި ފިޔަވަހީގައި އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ވަނީ ހޮވާފަ އެވެ.
ހޮވުނު 10 ޕްރޮޖެކްޓް
- ފިޔަވަތީގައި ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް - ދަ ރީޑިން ރޫމް، ކ. ހުޅުމާލެ
- އަންހެނުންނަށް ހާއްސަ ޕްރޮގްރާމް - އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާރސް، ހއ. ތަކަންދޫ، އއ. އުކުޅަސް އަދި ވ. ފުލިދޫ
- ސައުންޑް ސިސްޓަމެއް ގާއިމުކުރުން - ތުޅާދޫ ސްޕޯޓްސް ކްލަބް، ބ. ތުޅާދޫ
- އައަޓްޑޯ ބީޗް ޝަވަ އޭރިއާ - ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓް، ހދ. ނޮޅިވަރަންފަރު
- ކޮމިއުނިޓީ ޕްރޮގްރާމްސް - ފީނާ އެކަޑަމީ، ހއ. ދިއްދޫ
- ސްކޫލުގައި ގާއިމުކުރާ އައުޓްޑޯ ރީޑިން ޕާކް - ނާދިލް މުތައްހިދީން، ށ. މަރޮށި
- ސްކޫލުގައި ގާއިމުކުރާ އައުޓްޑޯ ރީޑިން ޕާކް - ކަޒިންސް ޔުނިޓީ ޓުވާޑްސް އެމްޕަވަމަންޓް، ރ. އަނގޮޅިތީމު
- ވިންސިއަ ފުޓްބޯލް ޓްރެއިނިން ޕްރޮގްރާމް - ވިންސިއަ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ތ. ގުރައިދޫ
- ސްމާޓް ސްކޫލް ސިސްޓަމްސް ހަރުކުރުން - މޯލްޑިވްސް ކޮމިއުނިޓީ އެންޕަވަމަންޓް ނެޓްވޯކް، ލ. ގަން
- ސްކޫލުގައި ގާއިމުކުރާ އައުޓްޑޯ ރީޑިން ޕާކް - އިހަވަންދޫ މަސްވެރިންގެ ގުޅުން، ހއ. އިހަވަންދޫ
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓް ހިންގުމަށް ބީއެމްއެލް އިން ވަނީ ފައިސާގެ އެހީ ދީފަ އެވެ.