ވިޔަފާރި

ދިރާގު ސްމާޓް ފޯން ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ފޯނު ދީފި

Feb 18, 2016

ދިރާގުން އާއަހަރު ފެށުމުގެ މުނާސަބަތުގައި މިމަހުގެ ނިޔަލަށް ފެށި "ސްމާޓް ފޯން ގިވް އަވޭ، އެވްރީ ޑޭ" ޕްރޮމޯޝަންގެ ފަސް ވަނަ ހަފްތާގެ ނަސީބުވެރި ފަރާތްތަކަށް ހިލޭ ސްމާޓް ފޯނު ދީފި އެވެ.

މިއީ ދިރާގުން 2016 ވަނަ އަހަރުގެ ތަހުނިޔާ ކިއުމުގެ ގޮތުން އެކުންފުނީގެ ކަސްޓަމަރުންނަށް މިދިޔަ މަހު 11 ވަނަ ދުވަހު ފެށި ޕްރޮމޯޝަން ގައި ގުރުވަތުން ހޮވޭ ކޮންމެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޯނުތައް ލިބެ އެވެ. އެގޮތުން އެޕަލް އައިފޯން 6 އެސް އާއި އެޕަލް އައިފޯން 6 ޕްލަސް އަދި ސެމްސަންގް ގެލެކްސީ އެސް 6 އެޖް އާއި ސެމްސަންގް ގެލެކްސީ އެސް 6 އެޖް ޕްލަސްގެ ފޯނު ދިރާގުން ހިލޭ ދޫކުރެ އެވެ.

ޕްރޮމޯޝަންގެ ހަތަރު ވަނަ ހަފްތާގައި ގުރުއަތުން ހޮވުނު ފަރާތްތަށް:

  • އައިޝަތު ރީމާ، މ.ކެލިފޯނިޔާ، މާލެ
  • ހުސެއިން ނަދީމުއްދީން، ނޫރާނީ ވިލާ، ސ. މަރަދޫ
  • މަރިޔަމް ނާޒިޔާ، މަލްވިން، ސ. ހިތަދޫ
  • ހަސަން ނޫރީ، ކާނޭޝަންމާގެ، ށ.ނަރުދޫ
  • އަހުމަދު ދިނާހު، އާވާޒް، ބ.ދޮންފަނު
  • އަބްދުﷲ ހަމްޒާ، މިލާފަރު، ބ. އޭދަފުށި
  • އަހުމަދު ޝަފީޤު، މ.އިގުލީމުގެ، ކ. މާލެ

ދިރާގުން ބުނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ފޯނެއް ލިބުމުގެ ފުރުސަތު އޮންނަ މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް ކަސްޓަމަރު އެއްވެސް ކަމެއް ކުރާކަށް ނުޖެހެ ކަމަށާއި އެކްޓިވް ހުރިހާ ކަސްޓަމަރުން މެދުގައި ގުރުއަތުން ހޮވޭނީ ކަމަށެވެ.

މި ޕްރޮމޯޝަނަކީ ޕޯސްޓްޕެއިޑް ކަސްޓަމަރުނަށް ހާއްސަ ކުރެވިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަނަކަށް ވީކަމުގައި ވީނަމަވެސް ދިރާގުން ބުނީ މިފަދަ އެހެނިހެން ހަރަކާތްތައް އެކުންފުނީގެ އެހެން ޕްރޮޑަކްޓުތަކާއި ހިދުމަތްތައް ބޭނުން ކުރާ ފަރާތްތަކަށް ވެސް މިއަހަރު ކުރިޔަށް ގެންދަވާނެ ކަމަށެވެ.