ޕީޕީއެމް

ޔާމީން މިނިވަންކުރުމަށް މުއިއްޒަށް ވޯޓު ދެއްވާ: ފާތުން

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް -- ފޮޓޯ: އަވަސް
0%
0%
0%

ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން އެދޭނަމަ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދެއްވުމަށް ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް އެދިވަޑައިގެންފި އެވެ.

ފާތުން މިރޭ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ޔާމީން މިނިވަންކުރުމާ ގުޅޭ ވޯޓެއް ކަމަށެވެ. އަދި މިފަހަރުގެ ވޯޓަކީ ރައީސް ޔާމީނަށް އިންސާފާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމާ ގުޅޭ ވޯޓެއް ކަމަށްވެސް ވިދާޅުވި އެވެ.

ފާތިމަތު އިބްރާހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން މިއަދު ޖަލުގައި އޮންނެވީ ދިވެހި ގައުމުގެ ހައްގުގައި މަސައްކަތް ކުރެއްވީތީ އެވެ.

"ޔާމީން އަބަދުވެސް މަސައްކަތް ކުރެއްވީ ދިވެހިންގެ ދިވެހި ގައުމުގެ ހައްގުގައި،" ފާތުން ވިދާޅުވި އެވެ.

އެކަމަނާ ވަނީ މިދިޔަ ދުވަސްތަކުގައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި މަސައްކަތް ކުރަމުންދިޔަ އެންމެންގެ މަސައްކަތް ބަލައިގަނެ ޝުކުރުވެސް އަދާކުރައްވާފަ އެވެ.

މެޑަމް ފާތުން މިފަހަކަށް އައިސް ގެންދަވަނީ މުއިއްޒުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ކެމްޕޭން މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910