ފަޒްނާ އަހުމަދު

އަމާންކަން ގާއިމުކުރުމަށް ރައީސްއަށް ވޯޓު ދެއްވާ: ފަޒުނާ

Sep 29, 2023
މެޑަމް ފަޒްނާ އަހްމަދު
0%
0%
0%

ރާއްޖެ އަމާން ތަނެއްގެ ގޮތުގައި ބާއްވައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެދިވަޑައިގެންފި އެވެ.

މެޑަމް ފަޒްނާ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ކެމްޕޭންގައި ވަރަށް ގިނަ ބަޔަކާ ބައްދަލުވި ކަމަށެވެ. އެމީހުންގެ ކަންބޮޑުވުންތައް ބަލައިގަނެ ރައީސްއާ އެކަންކަން ހިއްސާކުރައްވާ ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފަޒްނާ ވިދާޅުވީ ރައީސް ސޯލިހަކީ އަނިޔާވެރިވާނެ އަދި ކޮރަޕްޝަނާ ފަސާދައިގެ އަމަލުތައް ހިންގަވާނެ ބޭފުޅެއް ނޫން ކަމަށެވެ. މިވެރިކަމުގެ ފަސް އަހަރަށް ބެލުމުން އެކަން އެނގޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އެހެންވެ ރައީސްއާ ގުޅޭގޮތުން މިހާރު ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތައް ކަމުގައިވެސް ވިދާޅުވި އެވެ.

"ރައީސްއާ ބެހޭ ގޮތުން އަސްލު ނެތް ދައްކާނެ ވާހަކައެއް. ކޮރަޕްޝަންގެ ވާހަކައެއް ދެއްކޭކަށް ނެތް،" ފަޒްނާ ވިދާޅުވި އެވެ.

މެޑަމް ވިދާޅުވީ ކޮންމެ މީހަކުވެސް މާދަމާ ވޯޓުލާން ނިކުމެ އަމިއްލައަށް ކަންކަމާ މެދު ވިސްނެވުމަށްފަހު ފަރުދީ ޒިންމާ ރަނގަޅަށް އަދާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މެޑަމް ފަޒްނާ ވަނީ ރާއްޖޭގެ މައްސަލަތަކުގައި އަވަށްޓެރި ގައުމުތައް ހިމަނައިގެން ވާހަކަދައްކާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެކަމުގެ ސަބަބުން ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ހީނަރުކަން އަންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަޑުއައްސަވާ ތިބޭފުޅުން މާދަމާ ކެންޑިޑޭޓް ނަންބަރު ތިނަކަށް ވޯޓު ދެއްވާނެ ކަަމަށް [އުއްމީދުކުރަން]،" އެކަމަނާ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910