ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަތީޖާ ގަބޫލުކުރެއްވުމަށްފަހު ރައީސްގެ މަރުހަބާ މުއިއްޒުއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަވަސް
75%
25%
0%

ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި އިންތިހާބުގައި ކާމިޔާބު ހޯއްދެވި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެ އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ މުއިއްޒުއަށް ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށާއި، އެހީތެރިވެ ދެއްވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު ދެންނެވި އެވެ.

މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިހާތަނަށް ގުނާފައިވާ ގިނަ ވޯޓް ފޮށިތަކުގައިވެސް ކުރީގައި އުޅުއްވަނީ މުއިއްޒު އެވެ. އަދި ޖުމްލަ ނަތީޖާ ލިބިފައި ނުވި ނަމަވެސް މުއިއްޒުއަށް އިންތިހާބު ކާމިޔާބު ކުރެވޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

މިހާތަނަށް 585 ވޯޓް ފޮށި ގުނިފައިވާ އިރު، 396 ވޯޓް ފޮށިން 127,342 ވޯޓާއި އެކު ކުރި ހޯއްދަވާފައިވަނީ މުއިއްޒު އެވެ. އަދި 195 ވޯޓް ފޮށިން ޖުމްލަ 108,441 ވޯޓް ހޯއްދަވާފައިވަނީ ރައީސް ސޯލިހް އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910