ދުނިޔެ

ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ތުރުކީއަށް

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އދގެ 78 ވަނަ އާންމު ސެޝަންގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގެން ނިއުޔޯކްގައި ސްޓާލިންކްގެ ވެރިޔާ އީލޮމް މަސްކްއާ ބައްދަލުކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި އުރުދުޣާން އަދި މަސްކް ވެސް -- އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އޮތީ ކަމުކިޔާފަ އެވެ.

އީލޮން މަސްކްގެ ކިބައިން އުރުދުޣާން އެދިވަޑައިގަތީ ތުރުކީގައި ޓެސްލާ ކަަރަންޓް ކާރު ފެކްޓަރީއެއް ބިނާކޮށްދެއްވުމަށެވެ. އަދި ތުރުކީ ޖައްވީ ޕްރޮގްރާމަށް، އީލޮން މަސްކްގެ ސްޕޭސްއެކްސްއިން އެހީތެރިވެ ދެއްވައި ޕްރޮގްރާމްތައް ހިންގެވުމަށެވެ.

ތުރުކީގެ ސިޓީއެއް ކަމަށްވާ އިޒްމީރުގައި -- ސެޕްޓެމްބަރު 27 އިން އޮކްޓޯބަރު އެކަކަށް، ބާއްވާ ޓެކްނޯފެސްޓް ފެސްޓިވަލުގައި ބައިވެރިވެ ވަޑައިގަތުމަށް އެދި އުރުދުޣާން މަސްކަށް ދައުވަތުވެސް ދެއްވި އެވެ.

އީލޮން މަސްކް އެދިވަޑައިގަތީ ތުރުކީއަށް ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ފޯރުކޮށްދިނުމަށްޓަކައި އިދާރާތަކުން ލައިސަންސް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށެވެ.

މި މަޝްވަރާތަކަށްފަހު ސްޓާލިންކްގެ އޮފިޝަލުންނާއި އިންޖިނޭރުން މިހާރު ތިބީ ތުރުކީގަ އެވެ. އެއީ ތުރުކީއަށް ސްޓާލިންކް ސެޓެލައިޓް ދިނުމަށްޓަކައި ސާވޭކުރުމަށާއި އޮފިޝަލުންނާ މަޝްވަރާކުރެއްވުމަށެވެ.

ތުރުކީގެ އިދާރާތަކުން ބުނާ ގޮތުން އެ ގައުމުގައި މިހާރު އަމަލުކުރަމުންދާ ގަވާއިދުތަކަށް، ސްޓާލިންކު ކަމޭހިތާނަމަ ހުއްދަ ދެވޭނެ އެވެ. އަދި ތުރުކީގެ އާންމު އަޚުލާގާ ފުށުނަރާ ކޮންމެ ކަމަކަށްވެސް ހުއްދަ ދެވޭނެ އެވެ.

ބައްދަލުވުންތަކަށްފަހު ދެ ފަރާތުގެ އޮފިޝަލުން ވެސް ވަނީ ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމަށް އެއްބަސްވެފަ އެވެ. އަދި ތުރުކީގައި ސްޓާލިންކް އިންޓަނެޓް ދޭން ފަށައިގަތުމަށް ބޭނުންވާ މަސައްކަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެފަ އެވެ.

ތުރުކީގައި ތިބޭ ސްޓާލިންކް ލޯކަލް އޭޖެންޓުން ކަނޑައެޅުމާ މިކަމާ މެދު އިދާރާތަކުން ކަނޑަޅާ އުސޫލުތަކާ ބެހޭ ގޮތުންވެސް ދެ ފަރާތުން މަޝްވަރާކުރެއްވި އެވެ.