ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

އިންތިގާލީ ތަރުޖަމާނުގެ މަގާމަށް ފިރުޒުލް

އިންތިގާލީ ތަރުޖަމާނުގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ހަމަޖައްސައިފި އެވެ.

ފިރުޒުލް ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި ބައެއް ހަފުލާތައް ހުށަހަޅުއްވާ ދެއްވާފަ އެވެ.

ފިރުޒުލް ވަނީ މިސްރުގެ އަޒުހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމު ހާސިލު ކުރައްވާފަ އެވެ.

މީގެ އިތުރުން ފިރުޒުލް ވަނީ ދަ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފަ އެވެ.

އިންތިގާލީ ތަރުޖަމާނުގެ މަގާމަށް ފިރުޒުލް ހަމަޖައްސާފައިވާއިރު ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލާފައިވާ އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް ހަމަޖައްސާފައިވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.