އިމްރާން އަބްދުﷲ

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތުރުކީ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިމްރާންގެ މިދަތުރަކީ ތުރުކީގައި ވެރިކަން ކުރާ އޭކޭ ޕާޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އިމްރާންގެ އަރިހުގައި އަދާލަތު ޕާޓީގެ ނައިބް ރައީސް ނައިބް ރައީސް އަދި މިނިސްޓަ އޮފް ސްޓޭޓް ފޯ ފިނޭންސް އަހްމަދު ޝަރީފް ތުރުކީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

އަދާލަތު ޕާޓީ އަކީ މިދިޔަ ދުވަސްތަކުގައި ތުރުކީގެ އޭކޭ ޕާޓީއާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފައިވާ ޕާޓީ އެކެވެ.