މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސްއަކަށް ޝަހާނާ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިމަގާމަށް އައްޔަންކޮށްފައިވަނީ މަރިޔަމް ޝަހާނާ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މަގާމަށް ޝަހާނާ އައްޔަންކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ޝިމާޒު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝަހާނާ އަކީ މިސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވި ތިންވަނަ ބޭފުޅާ އެވެ.

މިސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވި އަބްދުﷲ ފަޔާޒު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވީ މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށް ބުނެފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ފާހަގަކުރެވެނީ އެތަނުގެ އިސްވެރިންގެ މެދުގައި ކޯޅުން ބޮޑު މިނިސްޓްރީއެއްގެ ގޮތުގައެވެ.