އެމްއެންޑީއެފް

ވިލިމާލޭގެ ފަޅުގެއެއްގައި އަލިފާނުގެ ހާދިސާއެއް

ވިލިމާލޭގެ ފަޅުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ މީހުން ނޫޅޭ "ބަސްމަލާ" ނަމަކަށް ކިޔާ ފަޅުގެއެއްގައި ކަމަށާއި މި ގޭގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ ފަތިހު 05:12 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބުމާ ގުޅިގެން ވިލިމާލެ ފަޔަ ސްޓޭޝަންގެ ސިފައިން މިސަރަހައްދުގައި ހަރަކާތްތެރިވެ މާގިނައިރުތަކެއް ނުވަނީވެސް ވަނީ އަލިފާން ނިއްވާލާފަ އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިގާފައިވަނީ އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއް ގޮތަށް ހަދާފައިވާ ތަނެއްގައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި އެހެންނަމަވެސް އިމާރާތުގައި ހަދާފައި ހުރި ދެ ކޮޓަރީގައި ހުރި ފާހާނައަށާއި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ސިފައިންގެއިން ބުނެފައިވެ އެވެ.