ރައްޔިތުންގެ މަޖިލިސް

ޕާކިސްތާނަށް ސަފީރެއް އައްޔަންކުރަން ހުށަހަޅައިފި

ހަދީޖާ ނަޖީހާ
0%
0%
0%

ރާއްޖެ އިން ޕާކިސްތާނަށް ސަފީރެއް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި ގޮތުގައި ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ. ސެލީނާ، ހަދީޖާ ނަޖީހާ ހަމަޖެއްސުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ސިޓީ މަޖިލީހުގެ އިދާރާއަށް ލިބުނީ އިއްޔެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާންމު އެ ސިޓީ ވިދާޅުވުމުން ދަ ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވާފަ އެވެ

އެގޮތުން ނިޒާމީ މައްސަލަ ނަންގަވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ސަފީރުން އައްޔަންކުރުމުގެ މައްސަލަ އިއްޔެވެސް ލިބުނުކަން ފާހަގަކުރައްވާ އެ ސިޓީތަކުގައި ވަނީ ރިޔާސީ އިންތިހާބުގެ ކުރީގެ ތާރީހެއް ކަމަށް ވިދާޅުވެފަ އެވެ.

"އިއްޔެގެ ތާރީހެއް ޖައްސަވާފަ މި ސިޓީ އަޅުގަނޑުމެންނަށް އިއްޔެ ލިބުމަކީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރެޓިކް ގައުމުތަކުގައި، ދުނިޔޭގެ އެހެން ކުރިއަރާފައިވާ ގައުމުތަކުގައި ކަންކުރާ އުސޫލެއް ނޫނޭ. އިންތިހާބަކުން ދެރަވީމަ ދެން އޮންނާނީ ރީތިކޮށް ވެރިކަން ފުރޮޅާލުން ނޫނީ ބަދަލުކުރުމުގެ ފަސޭހަތައް ދެން އަންނަން އޮތް ފަރާތްތަކަށް ދިނުން،" އާޒިމު ވިދާޅުވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އެކުވެރި އަރަބި އިމާރާތާއި ބަންގްލަދޭޝަށް ސަފީރުން އައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ ދިރާސާކުރަން ކޮމިޓީއަށް ފޮނުވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910