ޓޫރިޒަމް

ޖަވަކަރަ ރިސޯޓް މިމަހު ހުޅުވަނީ

ޅ. އަތޮޅުގައި ހަދާފައިވާ ޖަވަކަރަ އައިލޭންޑްސް މޯލްޑިވްސް މި މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މިއީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ތަރައްގީކޮށްފައިވާ 290 ވިލާގެ ފަސްތަރީގެ ރިސޯޓެކެވެ.

ޖަވަކަރަ ރިސޯޓް ހަދާފައިވަނީ އެރަށާ ވަކިން އޮންނަ ދެރުށްފިނޮޅާ 700 މީޓަރުގެ ބްރިޖަކުން ގުޅާލައިގެންނެވެ.

ޖަވަކަރަ އަކީ މަތީފެންވަރުގެ ހިދުމަތްތަކެއް ލިބޭނެ އަދި ތަފާތު ތަޖުރިބާތަކެއް ފަތުރުވެރިންނަށް ކޮށްލެވޭނެ ރިސޯޓެއް ކަމަށް ތަނުގެ ވެރިފަރާތުންނ ބުނެ އެވެ.

ހުޅުވުމަށް ތައްޔާރުވަމުންދާތީ ޖަވަކަރަ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަތުރުވެރިންނަށް ހާއްސަ ރޭޓްތަކެއްގައި ޕްރީ-ބުކިންގްސް ހެދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.