ނަފްސާނީ ބަލި

ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތް ކޮންފަރެންސް ކުރިއަށްދަނީ

Oct 15, 2023
ރައްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފެށިގެން ކުރިއަށް ދަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި އެވެ.

މިކޮންފަރެންސަކީ އައިޖީއެމް އެޗްގެ ދަށުން ހިންގާ ނެޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތުން އިންތިޒާމުކޮށްގެން "އޮއެވަރު"ގެ ނަމުގައި ބާއްވާ ކޮންފަރެންސެކެވެ.

އަހަރަކު އެއްފަހަރު ބާއްވާ މި ކޮންފަރެންސަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޖަމިއްޔާ ޖަމާއަތްތަކާ މެދުގައި ވާހާކަ ދެކެވި މަޝްވަރާ ކުރުމަށް ބޭއްވި ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގެ ސެޝަންތައް ކުރިއަށް ގެންދާނީ މިއަދުގެ ނިޔަލަށް މާލެ އަތޮޅު ވިލާ ނޯޓިކާ ޕެރަޑައިސް ރިސޯޓުގަ އެވެ. ސެޝަންތަކުގައި ކީނޯޓް ސްޕީޗުތަކާއި ރިސާޗު ހުށަހެޅުންތަކާއި އަދި ޕެނަލް ޑިސްކަޝަންތައްވެސް ކުރިއަށް ގެންދެ އެވެ.

ރައްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސްގައި ރައީސްގެ އަނބިކަނބަލުން ތަގުރީރުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ކޮންފަރެންސްގެ ފުރަތަމަ ބައި ކަމަށްވާ ޕްރީ ކޮންފަރެންސް ވޯކްޝޮޕްތައް އިއްޔެ ކުރިއަށް ގެންދިޔައީ ހ. މީރުމާ ހޯލު ގައެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ "ޗޭންޖިން ކަރަންޓްސް - ފޯމިން ކަނެކްޝަންސް" އެވެ.

ޕެރަޑައިސް ރިސޯޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެން ތަގުރީރުކުރެއްވި އެެވެ.

އައިޖީއެމް އެޗުން ބުނި ގޮތުގައި މިކޮންފަރެންސްގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވާން ރަޖިސްޓްރީ ކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910