ދިރާގު

ފަލަސްތީންގެ ރައްޔިތުންނަށް ދިރާގުގެ ދީލަތި އެހީއެއް

ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިއަށް ގެންދާ ގާޒާ އިމަޖެންސީ ރިލީފް ފަންޑަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ދިރާގުން ވަނީ ދިރާގު ޕޭ ޕްލެޓްފޯމުގައި ޑިޖިޓަލް ވޮލެޓެއް ހުޅުވާ ކުންފުނީގެ ފަރާތުން އެއްލައްކަ ރުފިޔާގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިވޮލެޓަކީ އާންމުނަށްވެސް ފައިސާ ހަދިޔާ ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ވޮލެޓެކެވެ.

ދިރާގުން އައި.އޭ.ސީ މޯލްޑިވްސްއާ ގުޅިގެން ގާޒާ އިމަރޖެންސީ ރިލީފްއަށް ޑޮނޭޓްކޮށްފި

ކިއުއާރް ކޯޑް ސްކޭންކޮށްލައިގެން ނުވަތަ ދިރާގު ޕޭ އެޕްގެ މާޗަންޓް ކޯޑަކަށް 7266 ޖަހާލައިގެން މި ފަންޑަށް ފަސޭހަކަމާއެކު ފައިސާ ހަދިޔާ ކުރެވޭނެ އެވެ.

މި ވޮލެޓަށް ހަދިޔާކުރެވޭ ހުރިހާ ފައިސާ އެއްވެސް ދާނީ ފަލަސްތީނުގައި އައިއޭސީ އިން ކުރިއަށްގެންދާ އިންސާނީ މަސައްކަތަށް އެހީތެރިވުމަށް ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކު އަދި މިފަދަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.