ފިނިޕޭޖް

ބީޓީއެސްގެ ކޮންސަޓް ޑޮކިއުމެންޓަރީ އަންނަ މަހު

ދެކުނު ކޮރެއާގެ މަގުބޫލް ޕޮޕް ބޭންޑް -- ބީޓީއެސްގެ ކޮންސަޓް ޑޮކިއުމެންޓަރީ އަންނަ މަހުގެ ނުވަވަނަ ދުވަހު އެމެޒޯން ޕްރައިމްގައި ރިލީޒް ކުރަން ނިންމައިފި އެވެ.

"ބީޓީއެސް: ޔެޓް ޓު ކަމް"ގައި ބީޓީއެސްގެ "ޑައިނަމައިޓް"، "ބަޓާ"، "ރަން" "ޔެޓް ޓު ކަމް (ދަ މޯސްޓް ބިއުޓިފުލް މޯމަންޓް)" ފަދަ ހިޓް 19 ލަވައިގެ ޕާފޯމަންސް ހިމެނުމުގެ އިތުރުން ސްޕީޗްތަކާއި ސްޓޭޖް ޑިޒައިންތަކާއި ހަވާ އަރުވާ ތަންވެސް ހިމެނޭނެ އެވެ. މި ފިލްމު ވަނީ މިއަހަރުގެ ޖެނުއަރީ މަހު ކުޑަ ދުވަސްކޮޅަކަށް ސިނަމާތަކުގައި އަޅުވާފަ އެވެ.

މި ފިލްމުގައި ހިމަނާފައިވާ ކޮންސަޓަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބުސާންގައި ބޭއްވި ކޮންސަޓެކެވެ. އެއީ ބުސާންގައި 2030 ވަނަ ވޯލްޑް އެކްސްޕޯ ބޭއްވުމަށް ހުށަހެޅި ބިޑްގެ ބައެއްގެ ގޮތުގައެވެ.

މިކޮންސަޓަށް 50،000 މީހުން ވަދެފައިވާއިރު 10،000 މީހުން ލައިވް ރީޓްރާންސްމިޝަން ބުސާން ޕޯޓް އިން އަދި ހައުންޑޭގައި 2000 މީހުން ވަގުތުން ބަލަމުން ދިޔަ އެވެ. މީގެ އިތުރުން ހައިބްގެ ވިވާސް އިން ލައިވްސްޓްރީމް ކުރިއިރު 49 މިލިއަން މީހުން ބަލާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދެކުނު ކޮރެއާގެ ފިރިހެނުން ފުރިހަމަކުރުން ލާޒިމްވާ އަސްކަރީ ތަމްރީން އަދި ހިދުމަތް ފުރިހަމަ ކުރުމަށްޓަކައި ބީޓީއެސްގެ މެންބަރުން ވަނީ ވަގުތީ ގޮތުން އެކުގައި ޕާފޯމްކުރުން ހުއްޓާލާފަ އެވެ. އެގޮތުން ޖިން އާއި ޖޭ ހޯޕް އަށް ފަހު ސުގާ އަސްކަރީ ތަމްރީން މިހާރު ވަނީ ފަށާފަ އެވެ.