ސިވިލް ކޯޓް

ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި 15 ބޭފުޅުންގެ ވަނަވަރު ހާމަކޮށްފި

ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކުރުމުން ކުރިމަތިލެއްވި 15 ބޭފުޅުންގެ ވަނަވަރު ހާމަކޮށްފި އެވެ.

ސިވިލް ކޯޓަށް ގާޒީއަކު ހޯދަން އިއުލާނު ކުރީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

ސިވިލް ކޯޓު ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • މުހައްމަދު ނިޒާމް / މ. މޮޑަންކޮމެޓް، މާލެ
  • ނަފީލު މުހައްމަދު / ލަކީހޯމް، ގއ. ދާންދޫ
  • މުހައްމަދު އިހްސާން / ނޫރުވާދީ، ކ. ތުލުސްދޫ
  • މުސްތަފާ ހަމީދު / ކަނީރުމާގެ، ރ. އަނގޮޅިތީމު
  • އަލީ ނަސީރު / ގާޑޭނިޔާވިލާ، ބ. ކިހާދޫ
  • އާދަމް ޒާލިފް / އޯކިޑުމާގެ، ގއ. ގެމަނަފުށި
  • ހައްމާދު ވާފިރު / ނުރަންމާގެ، ގއ. ދާންދޫ
  • މުހައްމަދު ވިދާން ޝާކިރު / ހ. ހުދުފިނިފެންމާގެ، ކ. މާލެ
  • މަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ. ދިއްދޫ
  • އަބްދުއްސަލާމް އަލީ / ރޯޒްލީން، ށ. މާއުނގޫދޫ
  • ޝިފްޒާ އަބްދުލްޤައްޔޫމް / ހުޅުމާލެ، ގޯތި ނަންބަރު 11021 މާލެ،
  • ފަތުހުﷲ ޖަމީލް މޫސާ، ނަލަމަލަ، ލ. މާވަށް
  • އާއިޝަތު އަރީޝާ ނަޖީބު، ވ. ބުރެވި، މާލެ
  • އަހުމަދު މައުސޫމު، ހަވީރީމަންޒިލް، ލ. މާބައިދޫ

ސިވިލް ކޯޓުގެ ގާޒީއަކަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެ އެވެ.