ކަނޑުމަތީގެ ހާދިސާ

ދޯންޏަކާއި ލޯންޗެއް އެކްސިޑެންޓްވެ މީހަކު މަރުވެއްޖެ

ހއ. އިހަވަންދޫ ކައިރީގައި ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

އެކްސިޑެންޓްގައި މަރުވީ އިހަވަންދޫ ނަޔާޑޭޒީގެ، އަބްދުއްރަޝީދު މުހައްމަދު (68 އ) އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް މިރޭގެ ވަގުތެއްގައި އެކްސިޑެންޓް ހިނގީ އިހަވަންދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ހުވަހަންދޫ ކައިރީގައި ކަމަށެވެ.

މިއެކްސިޑެންޓާ ގުޅިގެން މަރުވި މީހާއާ އެކު ޖުމްލަ ތިން މީހަކަށް ފަރުވާ ދިނުމަށް އިހަވަންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. ނަމަވެސް އަބްދުއްރަޝީދަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް އިހަވަންދޫ ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެ އެވެ.

އަބްދުއްރަޝީދު ހުރީ އެކްސިޑެންޓް ހިނގި ވަގުތު ދޯނި ދުއްވަން ދޯނީގެ ކޮޅުފަސްކޮޅުގައި ކަމަށް އެނގިފައިވެ އެވެ.