ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރާފައިވަނީ އިއްޔެ އެވެ.

މި އަދަދާއެކު ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 13.4 ޕަސަންޓް -- 177،404 ފަތުރުވެރިން އިތުރުވެފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި ރަޝިއާ އޮތްއިރު ކުރިން ތިންވަނައިގައި އޮތް އިންޑިއާ މިހާރު ވަނީ މާކެޓްގެ ދެވަނައަށް އަރާފަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 172،472 ފަތުރުވެރިން
  • އިންޑިއާ - 163،513 ފަތުރުވެރިން
  • ޗައިނާ - 163،036 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 121،166 ފަތުރުވެރިން
  • ޖަރުމަނު - 105،000 ފަތުރުވެރިން
  • އިޓަލީ - 89،725 ފަތުރުވެރިން
  • އެމެރިކާ - 58،695 ފަތުރުވެރިން
  • ފްރާންސް - 40،500 ފަތުރުވެރިން
  • ސްޕެއިން - 32،286 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 29،255 ފަތުރުވެރިން

ސަރުކާރުން މިއަހަރަށް ފުރަަތަމަ ކަނޑައެޅި އަމާޒަކީ 1.8 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ ނިޔަލަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިއަހަރުގެ ޖުލައި މަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910