ޓޫރިސްޓް އެރައިވަލް

ފަސް ދުވަސް: ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 4،900 ގައި

މިދިޔަ އަހަރުގެ 1.3 މިލިއަން ވަނަ ޓޫރިސްޓު އާއިލާއާއެކު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އަވަސް
100%
0%
0%

އާ އަހަރު ފެށުމާއެކު ދުވާލަކު ރާއްޖެ އަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 4،900 އަށް އުފުލިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ފުރަތަމަ ފަސް ދުވަހަށް ބަލާއިރު އެއްވްރެޖުކޮށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ ނަމްބަރަކީ 4،900 ޓޫރިސްޓުން އެވެ.

ޓޫރިސްޓުންގެ ޑެއިލީ އެރައިވަލްސް އިތުރުވުމާއެކު ފުރަތަމަ ފަސް ދުވަހު އައިސްފައިވާ ޓޫރިސްޓުންގެ ޖުމުލަ އަދަދު ވެސް ވަނީ އިތުރުވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެ އަށް އައިސްފައިވަނީ 15،680 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ފަސް ދުވަހަށް ބަލާނަމަ 24،527 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަދަދަކީ 56 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރަށް ބަލާއިރު ރާއްޖޭގައި އެވްރެޖު ގޮތެއްގައި ޓޫރިސްޓުން މަޑު ކުރާ މުއްދަތު ނުވަތަ އެވްރެޖު ސްޓޭ ވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު 8.7 ދުވަހުގައި މި އަދަދު ހުރިނަމަވެސް މިހާރު ނުވަ ދުވަހަށް އިތުރުވެފަ އެވެ. މިއީ ހޮލިޑޭގެ ސަބަބުން އައި ކުރިއެރުމެއް ކަމަށް ބެލެވެ އެވެ.

މި ދުވަސް ވަރަކީ ރާއްޖޭގެ ޓޫރިޒަމްގެ މައި ސީޒަން ކަމަށްވުމުން ޓޫރިސްޓުންނަށް ހިދުމަތްދޭ ގިނަ ތަންތަނުގެ އޮކިއުޕެންސީ ހުރީ މަތީގަ އެވެ. މިހާރު އެވްރެޖު އޮކިއުޕެންސީއަކީ ލަފާ ކުރެވޭ ގޮތުގައި 70 ޕަސެންޓަށްވުރެ މަތީގަ އެވެ. ނަމަވެސް މަތީ ފަންތީގެ ބޮޑެތި ތަންތަން ހުރީ ގާތްގަނޑަކަށް ފުލްވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން 2020 ގެ މާޗު މަހު ބޯޑަރު ބަންދުކޮށް އަލުން ހުޅުވީ ޖުލައި 15 އެވެ. އެ އަހަރު ނިމުނުއިރު ރާއްޖެއަށް 500،000 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ނިންމާލީ 1.3 މިލިއަން ޓޫރިސްޓުންނާއެކުގަ އެވެ. އަދި ސަރުކާރުން ވަނީ މި އަހަރު 2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކޮށްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަބީބު.

ތިޔަފެންނަނީ ޔާމީނު އަޅުއްވަ އި ދެ އްވި ހަރުދަނާ ބިންގާތަކުގެ ނަތީޖާ ޕާކިން އޭރިޔާބޮޑުކޮ އް 50 ރިސޯޓު ބީލަމަ އްލުމުގެ ނަތީޖާ މިސަރުކާރު އައިފަހުން އަދިނެތް ޓުވެރިޒަމަ އް އެއްވެސް ރަށެ އް ލެވިފަކާ ހދ އަތޮޅަކީ ފަތުރުވެރިކަމުގެ އެއްވެސް މިންވަރެ އް ނެތްހިސާބެ އް ޔާމިނު ވަނީ ކުޅުދުއްފުށި އެއ އާޕޯޓު ހަ އްދަވާފަ ވީމާ އެތަން އިތުރަ އް ތަރަ އްގީކޮ އް ވަ އިކަރަ މުރަ އިދޫ ފަދަތަންތަން ލަ އިލާ އަލީ އާއިލާގެ ކިބަ އިން މިނިވަންކޮ އް ފަތުރުވެރިކން އެހިސާބަ އް ގެންދިޔުމަ އް ގޮވާލަން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910