ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

މެންބަރު އިބްރާހީމް ނަސީމް ޕީއެންސީއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.

މެންބަރު އިބްރާހީމް ނަސީމް ޕީއެންސީއާ ގުޅިވަޑައިގެން ފޯމު ވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާ ހަވާލު ކުރައްވާފަ އެވެ.

މެންބަރު އިބްރާހީމް ނަސީމް މަޖިލީހަށް އިންތިހާބުވީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ.

މަޖިލީހުގައި މެންބަރުންގެ ނިސްބަތްވާ ޕާޓީތައް

  • އެމްޑީޕީ - 56 މެންބަރުން
  • ދަ ޑިމޮކްރެޓްސް - 13 މެންބަރުން
  • ޕީޕިއެމް - 4 މެންބަރުން
  • ޕީއެންސީ - 4 މެންބަރުން
  • އެމްއެންޕީ - 3 މެންބަރުން
  • އެމްޑީއޭ - 2 މެންބަރުން
  • ޖޭޕީ - 2 މެންބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތްނުވާ - 3 މެންބަރުން

މެންބަރު އިބްރާހީމް ނަސީމް ހިމެނިވަޑައިގަންނަވާ ކޮމިޓިތަކުގެ ތެރޭގައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ހިމެނެ އެވެ.