ޑރ. މުހައްމަދު މުއިއްޒު

ނަސްރުގެ ދުވަހަށް ހާއްސަ އިސްކަމެއް ދޭނަން: މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: އަވަސް
0%
0%
0%

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ނަސްރުގެ ދުވަހަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ ހެޔޮ ދުއާއާއި ތަހްނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވުމުގެ ގޮތުން އާންމުކުރެއްވި ކުރު މެސެޖެއްގައެވެ.

މުއިއްޒު ވިދާޅުވީ ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މައުލޫމާތު، ހާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން މުހިއްމު ކަމަށެވެ. އެހެންވެ އެކަމަށްޓަކައި އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމައަށް ދޭނެ ކަމަށެވެ.

ނަސްރުގެ ދުވަސް މިފަހުން އެހާ ކުލަގަދަކޮށް ފާހަގަނުކުރާ ކަމަށް ބުނެ މިފަދަ ކޮންމެ ދުވަހެއްގައި ދިވެހިން އެކަމުގެ ކަންބޮޑުވުން ފާޅުކުރެ އެވެ.

ރާއްޖެއަށް މިފަހުގެ ތާރީހެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލާފައިވެ އެވެ.

ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ޚާއިނުންގެ ބަޔަކާއި ލަންކާގެ ބަޔަކު ގުޅިގެން ރާއްޖެ ހިފަން މަސައްކަތް ކުރި އެވެ. ނަމަވެސް ދިވެހި ސިފައިންގެ ހިތްވަރުގަދަ ގައުމީ ޖިހާދުގެ ސަބަބުން ބާޣީން ބަލިވެ ދިވެހިންނަށް އެ ދުވަހު ނަސްރު ލިބުނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345