މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސްގެ ވެރިޔާ ޝަރީފް ރިޓަޔާކުރައްވައިފި

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް (ވ)ގައި މިއަދު ރިޓަޔާކުރެއްވުމަށް ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ކަސްޓަމްސް
0%
0%
0%

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ރިޓަޔާކުރައްވައިފި އެވެ.

ޝަރީފް މިއަދު ރިޓަޔާކުރައްވާފައި މިވަނީ ކަސްޓަމްސްގައި 28 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެވެ.

ކަސްޓަމްސްގެ ކޮމިޝަނާ ޖެނަރަލްގެ މަގާމުގައި ހުންނެވި އަހްމަދު ނޫމާން އަވަހާރަވުމާ ގުޅިގެން އެ މަގާމަށް ޝަރީފް އައްޔަންކުރެއްވީ ޖޫން 23، 2020 ގައެވެ. އޭރުން އޭނާ ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލްގެ މަގާމުގައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް މިއަދު ރިޓަޔާކުރެއްވުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްގެ އެންމެ އާދައިގެ ވަަޒީފާތަކުން ފެށިގެން އެ އިދާރާގެ އެކި މަގާމުތައް ފުރުއްވުމަށްފަހު ކަސްޓަމްސްގެ ކޮމިޝަނާ ޖެނަރަލްގެ މަގާމަށް ވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ވެސް ޝަރީފް އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެ އިދާރާގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވައިގެން ކަސްޓަމްސްގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ޒަމަނީކުރަން ޝަރީފް މުހިއްމު މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910